ކޯވިޑް 19 އާގުޅިގެން ދިވެހިރާއްޖެ އައިސްފައިވާ ޙާލަތާ
ގުޅިގެން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީން ކުރައްވަމުންގެންދަވާ
ބުރަ މަސައްކަތަށް ޝުކުރު އަދާ ކޮށް އެ ޚިދުމަތްތެރީންގެ އަގު ވަޒަންކުރުމުގެ
ގޮތުން މައިކޮލެޖުން ވަނީ މިއާންޒް ކެއަރ ގެ ނަމުގައި ޚާއްޞަ އިވެންޓެއް
ބާއްވާފައެވެ. މި އިވެންޓްގައި ކޮލެޖްގެ ރެކްޓަރ ލަމްޔާ ޢަބްދުލް ޙާދީ މުހިންމު
ކަންކަމަށް އަލިއަޅުވާލެއްވިއެވެ. އެކަމަނާ ވިދާޅުވިގޮތުގައި މައި ކޮލެޖުން ޞިއްޙީ
ދާއިރާގެ ޚިދުމަތްތެރީންނަށް ދޭން ނިންމާފައިވާ ކެއަރ ޕެކޭޖަކީ އެ ދާއިރާގެ
މަސައްކަތްތެރީންގެ އިހުސާސްތައް އެނގޭކަން އަންގައިދިނުމުގެ ގޮތުންނާއި،
އެބޭފުޅުންގެ ވަރުބަލިކަމުގައި އެހީވެ ހިތްވަރު ދިނުމުގެ ގޮތުން ދެވޭ
ހަދިޔާއެކެވެ. މައިކޮލެޖުން މިކަމުގައި އިސްނަގައިގެން މި އިވެންޓް ހިންގާފައިވާ
ސަބަބަކީ މައި ކޮލެޖްގެ ވިޝަން އަދި މިޝަންގައިވެސް މި ކަންކަން
ހިމެނިފައިވުމާއެކު އެ ކޮލެޖަކީ މުޖްތަމަޢަށް އަހުލުވެރި ޒިންމާދާރު ބައެއް
ބިނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކޮލެޖަކަށްވުމާއެކު މިކަމަކީ
އެ ކޮލެޖްގެ 18 ބްރާނޗްގައި ތަޢުލީމު ޙާޞިލު ކުރަމުންދާ 3000 އެއްހާ ދަރިވަރުން
މިފަދަ ކަންކަމުގައި އަހުލުވެރި ކުރުވުމަށްޓަކައި ކުރެވޭކަމެއްކަމުގައި އެކަމަނާ ފާހަގަ
ކުރެއްވިއެވެ.
އަދި މީގެ ކުރިންވެސް ތަފާތު އެކި ހޭލުންތެރިކަމުގެ
ޕްރޮގްރާމްތަކާއެކު އެކި އިވެންޓްތައް ހިންގިފައިވާކަން އެކަމަނާ ފާހަގަ
ކުރެއްވިއެވެ. މީގެ ތެރޭގައި ކްލީނިންގް އިވެންޓް ތަކާއި، ލެޓްސް ގްރީން އިޓް އިވެންޓް
ތަކާއި، ރީޑިންގ އިވެންޓް، ލޭ ހަދިޔާ ކުރުމުގެ އިވެންޓް އަދި ފްރަންޓްލައިންގައި
މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިވެންޓް ހިންގިފައިވާކަން
ފާހަގަކުރެއްވިއެވެ. ކުރިޔަށް ރޭވިފައިވާ ހަރަކާތެއްގެ ގޮތުން ކޯވިޑްއަށް
ހޭލުންތެރިކުރުމުގެ ގޮތުން އެކި ވީޑިއޯ ކްލިޕް ތައްޔާރުކުރުން ހިމެނޭކަމުގައި
އެކަމަނާގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
މި އިވެންޓް އިތުރަށް ފުރިހަމަ ކޮށްދެއްވުމަށްޓަކައި
ޝަރަފުވެރިމެހެމާނެއްގެ ގޮތުގައި މި އިވެންޓްގައި ބައިވެރިވެ ވަޑައިގެން
ދެއްވާފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް އެވެ.
ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލް ވިދާޅުވީ މިއަދަކީ
ޞިއްޙީ އެހީތެރިން ކުރައްވަމުންގެދަވާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ދުވަހެއްކަމުގައެވެ.
މިއާންސް ކެއަރގެ ފަރާތުން ހަދިޔާކުރި ތަކެއްޗަކީ ހެލްތް މިނިސްޓްރީ އާއި ހެލްތް
މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ފާރާތްތަކުން ވަރަށް އުފަލާއެކީގައި
ބަލައިގަންނަ ކަމެއްކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މައިކޮލެޖާއި މައި ކޮލެޖް ހިންގާ ފަރާތުން މީގެ ކުރިންވެސް ޤައުމީ މިކަހަލަ ކަންތައްތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިވެ ދެއްވާފައިކަމާއި، މައިކޮލެޖަކީ މިކަހަލަ ކަންތައްތަކުގައި އިސް ނަގައިގެން ކަންކަން ކުރާ ކޮލެޖްތަކުގެ ތެރެއިން އިސްނަގައިގެން މިކަހަލަ ކަންކަން ކުރާ ކޮލެޖެއްކަމުގައި އުފަލާއި އެކު ފާހަގަ ކުރައްވާވާހަކަ ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ މިފަދަ ޤައުމީ ކާރިޘާ ތަކުގައި ދިވެހިންގެ ކިބައިން ހިތްހެޔޮކަމާއި އެހީތެރިކަން އަބަދުވެސް ލިބޭކަމީ އުފާކުރައްވާ ކަމެއްކަމުގައެވެ. އަދި ކުރިއަށް އޮތްތާގައިވެސް ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ.